ފުރަތަމަ ސަފްޙާ
އަޅުގަނޑުމެން
އަޅުގަނޑުމެން
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ މަސައްކަތްތައް
-
އާޓިސްޓިކް ފަންނުތަކަށް ޝައުޤުވެރިވާ ހުރިހާ ދިވެހީންނަށާއި، ސްކޫލް ނިންމާފައި އިތުރަށް ކިޔެވުމަށް ފުރުޞަތު ލިބިފައިނުވާ ޒުވާނުންނަށާއި، އަދި ވަޒީފާ ލިބުން ދަތިވެފައިވާ އެކިއެކި ފަރުދުންނަށް އަމާޒުކޮށްގެން އާޓިސްޓިކް ފަންނުތައް އުގަންނައިދިނުމުގެ މަސައްކަތްތައް ރާވައި ހިންގުން.
-
ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުވެރިންގެ ޖަމްޢިއްޔާތައް އުފެއްދުމުގައާއި، ހިންގުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ރާއްޖެއިން ބޭރުގެ އެކިއެކި ޖަމްޢިއްޔާތަކާ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދިނުން.
-
ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުވެރިންގެ ހުނަރުވެރިކަން ޢާންމުންނަށް ދައްކައި، ފަންނުވެރިން ތަޢާރުފުވުމުގެ ފުރުޞަތު ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދައިދިނުން.
-
ިވެހިންގެ ފަންނީ އުފެއްދުންތެރިކަމާއި، ހުށަހަޅައިދިނުމުގެ ޤާބިލުކަމާއި، ހުނަރުވެރިކަން އިތުރަށް ތަރައްޤީކޮށް ކުރިއަރުވައި ދެމެހެއްޓުމާއި، އަދި ފަންނުވެރިންގެ ހުނަރުވެރިކަން ޢާންމުނަށް ތަޢާރުފުކުރުމުގެ ގޮތުން، އާޓްސް ފެސްޓިވަލްތަކާއި، މުބާރާތްތަކާއި، މައުރަޒުތައް އިންތިޒާމުކޮށް ހިންގުން.
-
ދިވެހި ފަންނުވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ފަންނުވެރިންނަށާއި، ފަންނީ އުފެއްދުންތަކަށް ޤައުމީ ފެންވަރުގައި ދެވޭނޭ އެވޯޑުތައް ތަޢާރުފުކުރުމާއި، މިފަދަ ހަރަކާތްތައް ހިންގުން.
-
ދިވެހިރާއްޖޭގެ އާޓިސްޓިކް ފަންނުތައް އުނގަންނައިދިނުމަށާއި، ކުރިއެރުވުމަށް އަމިއްލަ ފަރުދުންނާއި ޖަމާޢަތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީއާއި ލަފާ ދިނުން.
-
ދިވެހިރާއްޖޭގައި ދިވެހި ފަންނުވެރިން އުފައްދާ ފީޗަރ އަދި ކުރު ފިލްމުތަކަށާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ކުރާ ފޮޓޯ އަދި ފިލްމް ޝޫޓްތަކަށާއި، މިޔުޒިކް ޝޯތަކަށް ހުއްދަ ދިނުން.
-
ރާއްޖޭގެ ފަންނުވެރީންގެ ދަފްތަރެއް އެކުލަވައިލައި ބެލެހެއްޓުން.
-
ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ހިންގޭ، އާޓްސް ދާއިރާއާ ގުޅުންހުރި އެކިއެކި ސަޤާފީ ކުޅިވަރުތަކާބެހޭ ދިރާސާކޮށް، ޑޮކިއުމަންޓްކުރުމާއި، މި މަޢުލޫމާތު ފަސޭހަކަމާ އެކު ޢާންމުނަށް ލިބޭނޭ މަގުފަހިކޮށްދިނުން.
-
އެކި މުނާސަބަތުތަކާގުޅިގެން ސަރުކާރުން އިންތިޒާމުކުރާ ޙަފްލާތަކަށް ބޭނުންވާ މިޔުޒިކު އޮންސާމްބަލްތައް ރަނގަޅު ފެންވަރެއްގައި ރާވައި ހިންގުން.
-
ރާއްޖޭގެ ސްކޫލް ދަރިވަރުންގެ މެދުގައި އާޓްސް ދާއިރާއަށް ޝައުޤުވެރިކަން އިތުރުކޮށް އާލާކުރުމުގެގޮތުން ތަފާތު ފަންނުތަކުގެ ފަންނުވެރިންނާއެކު މަސައްކަތު ބައްދަލުވުންތަކާއި މަޝްވަރާ ބައްދަލުވުންތައް ސްކޫލް މާހައުލުގައި ހިންގުން. އަދި ހުނަރުވެރި ދަރިވަރުންނަށް އެ ދަރިވަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހޯދައިދިނުން.
-
ރާއްޖޭގައި ފަންނުވެރީންނަށް ފަންނީ އުފެއްދުންތައް އިޝްތިހާރުކޮށް އާންމުންގެ ޝައުޤުވެރިކަން ހޯދޭނެ މަގުފަހިކޮށްދިނުން.
-
ރާއްޖޭގެ ފަންނުވެރީންގެ ދަފްތަރެއް އެކުލަވާލައި، އެ ދަފްތަރު ބެލެހެއްޓުން.
-
ސަރުކާރުގެ ސިނަމާތަކާއި، މުނިފޫހިފިލުވުމާބެހޭ މަރުކަޒުތައް ހިންގައި ބެލެހެއްޓުން.
ނޭޝަނަލް އާޓް ގެލެރީގެ މަސައްކަތްތައް
-
ކުރެހުންތެރިންގެ މެދުގައި ތަފާތު މުބާރާތްތަކާއި މައުރަޒުތައް އިންތިޒާމުކޮށް ބޭއްވުމާއި، ރާއްޖެއިންބޭރުގެ އެކިއެކި މައުރަޒުތަކާއި، ފެއަރތަކާއި މުބާރާތްތަކުގައި ދިވެހި ފަންނާނުންގެ މަސައްކަތްތައް ބައިވެރިކުރުން.
-
ދުނިޔޭގެ މަޝްހޫރު ކުރެހުންތެރިންގެ ކުރެހުންތަކާއި، ކުރެހުންތެރިންގެ މަޢުލޫމާތު، ދިވެހި ކުރެހުންތެރިންނަށް ލިބޭނެގޮތް ހަމަޖެއްސުން.
-
ދިވެހި ކުރެހުންތެރިންގެ މަސައްކަތްތައް، އާންމުކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން.
-
ދިވެހިރާއްޖޭގެ ކުރެހުންތެރިކަމާއި، ކުރެހުންތެރިކަމާ ގުޅިފައިވާ ތަކެތި ހޯދައި އެއްކޮށް، ރައްކާތެރިކަމާއެކު ބަލަހައްޓައި، އެތަކެތި ޢާންމުކޮށް މީހުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުން.
-
ިވެހިރާއްޖެއާއި އެހެނިހެން ޤައުމުތަކުގެ، ޚާއްސަކޮށް ދެކުނު އޭޝިއާ ސަރަޙައްދާއި އިސްލާމީ ޤައުމުތަކުގެ ކުރެހުންތެރިކަމުގެ ސަޤާފަތުގައި ހިމެނޭ ތަކެތި ހޯދައި، އެއްކޮށް، ރައްކާތެރިކަމާއެކު ބަލަހައްޓައި، އެތަކެއްޗާބެހޭ މަޢުލޫމާތު ދީ، އެތަކެތި ޢާންމުކޮށް ފެންނާނެ ގޮތަށް ބެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުން.
-
ކުރެހުންތެރިކަމުގެ ރޮނގުގައި ހަރަކާތްތެރިވާ ފަންނާނުން އިތުރަށް ތާޒާކޮށް ފެންވަރުމަތިކުރުމާއި، އާ ފަންނާނުން އުފެއްދުމަށްޓަކައި ކުރެހުންތެރިކަމުގެ "ރެސިޑެންސީ ޕްރޮގްރާމް" ތައް ރާވައި ހިންގުން.
-
ކުރެހުންތެރިކަމުގެ ރޮނގުގައި ހަރަކާތްތެރިވާ ފަންނާނުން އިތުރަށް ތާޒާކޮށް ފެންވަރުމަތިކުރުމާއި، އާ ފަންނާނުން އުފެއްދުމަށްޓަކައި ކުރެހުންތެރިކަމުގެ މަސައްކަތަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ކޮމިޝަން" ކޮށްގެން ކުރެހުންތެރިން ލައްވާ މަސައްކަތްތައް އުފެއްދުން.
-
ކުރެހުންތެރިކަމުގެ ރޮނގުންނާއި ކުރެހުންތެރި މަސައްކަތްތަކުގެ ރޮނގުން އެކަންތައްތައް ކުރިއަށް ގެންދިއުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބެލުމަށްޓަކައި، ކުރެހުންތެރިންގެ މެދުގައި މަސައްކަތު ބައްދަލުވުންތަކާއި މަޝްވަރާ ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުން.
-
ރާއްޖޭގެ ކުރެހުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ކުރެހުންތެރިކަމުގެ މަސައްކަތް ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި، ދިވެހި ކުރެހުންތެރިންގެ މެދުގައި ގުޅުންބަދަހި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
-
ކުރެހުންތެރިކަމާއި، ކުރެހުންތެރިކަމާ ގުޅިފައިވާ ފަންނާނުންގެ ދާއިރާއަކީ މިދާއިރާގައި ޙަރަކާތްތެރިވާ ދިވެހި ފަންނާނުންނަށާއި، ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް މާލީ ކުރިއެރުން ގެނެސްދޭ ދާއިރާއަކަށް ހެދުން.