Search

Announcements

Home / Announcements / Detail
September 17, 2026
Announcement
Opportunity to participate in 26th Ismailia International Festival for Culture & Arts - Egypt
Cover Image

މިސްރުގެ މިނިސްޓަރ އޮފް ކަލްޗަރ އެފެއާޒް އާއި ގަވަރުނަރޭޓް އޮފް އިސްމައިލިއާ ގުޅިގެން، މި އަންނަ އޮކްޓޯބަރމަހުގެ 8 އިން 16 އަށް މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 26 ވަނަ އިސްމައިލިއާ އިންޓަރނޭޝަނަލް ފެސްޓިވަލް ފޮރ ކަލްޗަރ އެންޑް އާޓްސް ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ.

މި ފެސްޓިވަލްގައި ބައިވެރިވާ ވަފްދުގައި އެންމެ ގިނަވެގެން ހިމެނޭނީ 12 މެމްބަރުންނެވެ. އަދި މި ފަރާތްތަކަށް ހުރުމާއި ކެއުން އަދި އެތެރޭގެ ދަތުރުތަކުގެ ޚަރަދުތައް މި ފެސްޓިވަލް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސަވައިދެއްވާނެއެވެ. އެހެންނަމަވެސް، އެއަރފެއަރ، އެއަރފްރައިޓް އަދި މެޑިކަލް އިންޝުއަރެންސް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތަކުންނެވެ.

ވީމާ، މި ފެސްޓިވަލްގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު ފެސްޓިވަލްގެ އެޑްމިނިސްޓްރޭޝަން އީމެއިލް އެޑްރެސް [email protected] ނުވަތަ [email protected] އަށް އަދި ކޮޕީ މި ސެންޓަރުގެ އީމެއިލް އެޑްރެސް [email protected]  އަށް ވެވަޑައިގެންނެވި އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ހުށަހެޅުއްވުމަށް ދެންނެވީމެވެ. މި އިޢުލާނާއިއެކު މި ފެސްޓިވަލް އާއި ގުޅޭ ލިޔެކިޔުންތައް ހިމަނާލެވިފައިވާނެއެވެ.

Downloadable Attachments

300905.pdfDownload ↓