Popular searches
މޮރީ ކޮންޓެމްޕްރަރީ އާޓް ފައުންޑޭޝަން (MoriCAF) އިންތިޒާމްކުރައްވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ 2027 ވަނަ އަހަރުގެ ކިއުރޭޓަރ ރެސިޑެންސީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މި ޕްރޮގްރާމަކީ ޖަޕާނުން ބޭރުގައި ދިރިއުޅޭ، ޖަޕާނުގެ ކޮންޓެމްޕްރަރީ އާޓް (ޒަމާނީ ފަންނުވެރިކަން) އަށް ޝައުޤުވެރިވާ ކިއުރޭޓަރުންނަށް ޚާއްޞަކޮށްގެން ބާއްވާ ޕްރޮގްރާމެކެވެ. މީގެ ސަބަބުން ދިރާސާތައް ކުރުމަށާއި، އާޓިސްޓުންނާއި ސަގާފީ އިދާރާތަކާއި ގުޅުން ބަދަހިކުރުމަށާއި، މުޅި ޖަޕާނުގައި ޕްރޮފެޝަނަލް ނެޓްވޯކްތައް އާލާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޜެސިޑެންސީގެ މުއްދަތު:
ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ތިރީގައިވާ ކަންތައްތައް ހަމަޖައްސައިދެވޭނެ:
ޝަރުޠުތައް:
ބޭނުންވާ ލިޔެކިޔުންތައް :
ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް އޮންލައިން އިންޓަވިއުއަކަށް ދަޢުވަތު އެރުވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 31 އޮކްޓޯބަރ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރުމަށްފަހު [email protected] އަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. އަދި ޕްރޮގްރާމުގެ ފުރިހަމަ ތަފުސީލާއި ކުރިމަތިލާނެ ގޮތުގެ މަޢުލޫމާތު، މޮރީ ކޮންޓެމްޕްރަރީ އާޓް ފައުންޑޭޝަންގެ ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެއެވެ. ލިންކު ތިރީގައި އެވަނީއެވެ.
https://mori-caf.jp/en-residency-program/curator-residency-program-2027-application-and-guidelines/