‏ އެން.ސީ.އޭ އަލްކައުން މަދަހަ މުބާރާތް ރަންއަޑު 1440 ފެށުން

ރަމަޟާން މަހަށް ޚާއްސަކޮށްގެން ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އާއި އަލްކައުން ޓީވީ ޗެނަލް ގުޅިގެން ކުރިއަށް ގެންދާ، އެން.ސީ.އޭ-އަލްކައުނު މަދަޙަ މުބާރާތް “ރަންއަޑު” 1440 ފެށިގެން ކުރިއަށް އެބަދެއެވެ. އޮލިމްޕަސް ސްޓޭޖްގައި 2 ދުވަހަށް ކުރިއަށް ދާ މި މުބާރާތުގައި ރާއްޖޭގެ 16 އަތޮޅެއްގެ 44 ސްކޫލަކުން ޖުމްލަ 82 ދަރިވަރުން ވާދަކުރެއެވެ. އަދި އަމިއްލަ ގޮތުން 46 ދަރިވަރުން ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށް ގެންދަނީ 4 އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އުމުރު ފުރައެވެ. މީގެ އިތުރުން ގްރޫޕް މަދަޙަ ހުށަހެޅުމަށް ޚާއްސަ ބައެއްވެސް މުބާރާތުގައި ހިމަނާފައި ވެއެވެ. އަދި ގްރޫޕް މަދަހައިގެ ގޮތުގައި 35 މަދަހަ ހުށަހަޅާ މި މުބާރާތުގައި 270 ދަރިވަރުން ބައިވެރިވެއެވެ.
މިއީ މެދު ނުކެނޑި މި މުބާރާތް ބާއްވަމުން އަންނަތާ 5 ވަނަ އަހަރެވެ. އަދި މުބާރާތަށް މާލެއާއި އަތޮޅުތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން ދެއެވެ.