‏ އެވްރިޑޭ ލައިވްސް އެންޑް އެންވަޔަރަމަންޓަލް ޗޭންޖަސް

.

‘އެވްރިޑޭ ލައިވްސް އެންޑް އެންވަޔަރަމަންޓަލް ޗޭންޖަސް’ ނަމުގައި ފޮޓޯ މައުރަޒެއް 19-24 އޭޕްރީލަށް ނެޝަނަލް އާޓް ގެލަރީގައި ބޭއްވުނެވެ. މި ފޮޓޯ މައުރަޒަކީ ކ. ހުރާ، ކ. ދިއްފުށި އަދި އ.ދ. ދިގުރަށުގެ ރައްޔިތުން އެރަށްތަކުގެ މާހައުލަށާއި އާއްމު ދިރިއުޅުމަށް އަންނަ ބަދަލު ދައްކުވައިދޭ ފޮޓޯތަކެކެވެ. މިފޮޓޯތަކަކީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރ، ޔުނިވަރސިޓީ އޮފް ރެޑިންގ އަދި ރާއްޖޭގެ ޖަމިއްޔާއެއްކަމަށްވާ އިންޓަނޭޝަނަލް ސެންޓަރ ފޯ އެންވަޔަރަމަންޓް، ޑިވެލޮޕްމަންޓް އެންޑް އޮޕަރޭޝަނަލް ރިސާރޗް އިން މި 3 ރަށުގައި ކުރިއަށްގެންދިޔަ ދިރާސާއެއްގެބައެކެވެ. މިމައުރަޒު ހުށަހަޅާފައި ވަނީ ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާއި ގުޅިގެންނެވެ. މި ފޮޓޯ މައުރަޒުގައި 45 ފޮޓޯ އާންމުންނަށް ދައްކާލުމަށްޓަކައި ބެހެއްޓުނެވެ.