އޮލިމްޕަހުން ކުރާ މަސައްކަތްތައް
އޮލިމްޕަހަކީ ދައުލަތުގެ ބަޖެޓަށް ބުރަނުވާނޭހެން އޮލިމްޕަހަށް ލިބޭ އާމްދަނީ އިން އޮލިމްޕަހުގެ ޚަރަދު ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީ އިން ހުއްދަ ދެއްވާފައިވާ ތަނަކަށްވާތީ، އޮލިމްޕަހަށް އާއްމުދަނީ ހޯދަނީ އޮލިމްޕަސް ހޯލު ކުއްޔަށްދީގެންނެވެ. އެގޮތުން އޮލިމްޕަސް ހޯލު ކުއްޔަށް ދެނީ:
- އިވެންޓްތަކަށް ހޯލް ތައްޔާރުކުރުމަށް ދުވާލަކަށް (-/2,500)
- (ފިލްމް ދެއްކުން ފިޔަވާ) އެން.ސީ.އޭ ގެ މެންޑޭޓްގައި ހިމެނޭ ކަންތައްތައް ކުރުމަށްޓަކައި އެފަދަ ފަރާތްތަކުން އެން.ސީ.އޭ އާއި ގުޅިގެން ހިންގާ ޕްރޮގްރާމްތަކަށް ދުވާލަކަށް ( -/3,000 ރުފިޔާ)
- ދިވެހި ފިލްމު ދެއްކުމަށް ޝޯވއަކަށް (-/4,000 ރުފިޔާ)
- ކޮންސެޓް އަދި ފެސްޓިވަލްތަކަށް ދުވާލަކަށް (-/5,000 ރުފިޔާ)
- ޖަލްސާ އަދި ސެމިނަރ ފަދަ ހަރަކާތްތަކަށް ދުވާލަކަށް (-/5,000 ރުފިޔާ)
- އެހެނިހެން ފިލްމު ދެއްކުމަށް ޝޯވއަކަށް (-/6,000 ރުފިޔާ)
- ހެވީމެޓަލް ނޫން ސްޓޭޖު ޝޯވތަކަށް ދުވާލަކަށް (-/8,000 ރުފިޔާ)